ރައީސް މުއިއްޒު ބޮޑުވަޒީރު މޯދީއާއި ބައްދަލު ކުރައްވައިފި
ރައީސް ޑރ .މުޙައްމަދު މުޢިއްޒު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވައިފިއެވެ. ރައީސް މުޢިއްޒު މޯދީއާއި ބައްދަލުކުރެއްވީ އެމަނިކުފާނު ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފްގައި ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިންނެވެ. މިފަރިއްކޮޅު އޮތީ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައެވެ. މިފަރިއްކޮޅުގަައި މޯދީގެ އެންމެ އަރިހުގައި އިންނެވީ ވެސް ރައީސް މުއިއްޒެެވެ. މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭންސް ޑޮކްޓަރ…