ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރު ދެނެގަތުމުގެ ސާވޭ ފަށައިފި
ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ ގޮތުނ،ް ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމެންޓް ސާވޭ އަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ. އެ މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނީ، "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް" (ސެއިލްސް) ގެ ދަށުނ،ް މިއަދުން ފެށިގެން ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމެންޓް ސާވޭ އަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާތީ ވަޒީފާދޭ ފަރާތްތަކާއި މީހުން ބިނާކުރުމުގެ…