އެމްއެންޔޫގައި ހަރުކަށި ފިކުރު އޮތްކަމަށް އެމްޑީޕީން ތުހުމަތުކޮށްފި
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންގެ ތެރޭގައި މިފަހަކަށް އައިސް ހަރުކަށި ފިކުރަށް ތާއީދުކުރާ ދަރިވަރުންތަކެއް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް އެމްޑީޕީން އުފެއްދި "މެއި ހައެއް ކޮމިޓީ" ގެ ޗެއާޕާސަން އަދި ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.