ދެވަނަ ފިޔަވަހީގައި އިންޓަރނޭޝަނަލް ސުކޫލެއް ހިންގަން އައިލެންޑަރސް އެޑިއުކޭޝަނަށް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިންޓަރނޭޝަނަލް ސުކޫލެއް ހިންގަން އައިލެންޑަރސް އެޑިއުކޭޝަނާ އެކު އެއްބަސްވެއްޖެއެވެ. ދެވަނަ ފިޔަވަހީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގަން އެޗްޑީސީން ހަވާލުކުރި އައިލެންޑަރސް އެޑިއުކޭޝަނަކީ މިހާރުވެސް އިންޓަރނޭޝަންލް ސްކޫލްތައް ރާއްޖޭގައި ހިންގަމުން އަންނަ އަމިއްލަ ކުންފުންޏެކެވެ. މިއެއްބަސްވުމުގެ ދަށުން އައިލެންޑަރސްއިން ޕްރައިވެޓް-އިންޓަރނޭޝަނަލް ސްކޫލެއް ތަރައްގީކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަންޖެހެއެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓަރ ސުޙައިލް އަހުމަދުއެވެ. އަދި އައިލެންޑަރސް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ…