ޔޫއޭއީގެ ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރައީސް ނިންމަވާލައްވައިފި
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރައީސް ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދުބާއީ އެކްސްޕޯ 2020 ގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަފުޅުދައްކަވާފައެވެ. އަދި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައިވެސް ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅު…