ސާރކްގެ ސެކެރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި
ސެކެރެޓަރީ ޖެނެރަލް އޮފް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯޕަރޭޝަން (ސާރކްގެ) ސެކެރެޓަރީ ޖެނެރަލް އިސާލަ ރުވާން ވީރަކޫން ރާއްޖެ ވަޑައިގެންފިއެވެ. ސާކްގެ ސެކެރެޓަރީ ޖެނެރަލް ރާއްޖެއަށް މިކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހުއެވެ. ފޮރިން މިނިސްޓްރީން ބުނީ، ސާރކްގެ ސެކެރެޓަރީ ޖެނެރަލްގެ މި ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ފޮރިން ސެކެރެޓަރީ އަބްދުލް ގަފޫރު މުހައްމަދު އަދި އެމްބެސެޑަރ އެޓް ލާރޖް އަހުމަދު ސަލީމް އާއި ވެސް ބައްދަލު…