"މަސްޖިދު މުހައްމަދު" ރަސްމީކޮށް ހުޅުވައިފި
"މަސްޖިދު މުހައްމަދު" މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމާލޭގައި ހުންނަ މަސްޖިދު މުހައްމަދު މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ. މި މިސްކިތަކީ، ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި އިމާރާތްކޮށްފައިވާ، 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށް ހާއްސަކޮށް ނަމާދުކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. މި މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 18 ޖުލައި 2019 ގައެވެ. އަދި މިއަހަރުގެ 10 އޮކްޓޫބަރު ވީ އާދިއްތަ ދުވަހު މި މިސްކިތުގައި އިތުރަށް ފުރިހަމަކުރަން ހުރިކަންކަން…