މުހައްމަދު ގާސިމް ޕްރީސްކޫލް ހުޅުވައިފި
ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ މުހައްމަދު ގާސިމް ޕްރީސްކޫލް ހުޅުވައިފިއެވެ. މިއަދު ހެނދުނު މުޙައްމަދު ގާސިމް ޕްރީސްކޫލް ހުޅުވުމަށް އެ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މި ސްކޫލު ހުޅުމާލޭ ރައްޔިތުންނަށް މިލިބުނީ އެކަށޭނަ ވަގުތެއްގައި ކަމަށެވެ. އަދި ތަނަވަސްކަމުގެ އަޙުލުވެރިންނަށް މުޖުތަމަޢަށް ފައިދާހުރި ހެޔޮ ކަމެއްކޮށްދެވެން ފުރުޞަތު އޮތް ކޮންމެ ޙާލަތެއްގައި އެކަމެއް އެންމެ އެކަށޭނަގޮތަކަށް ކޮއްދެއްވުމަށާއި، މިއީ ދުނިޔެއާއި އާޚިރަތުގައިވެސް އޭގެ ސަވާބާއި ދަރުމަ އެމީހަކަށް ލިބޭނެކަމެއް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ…