މަހުމޫދުގެ މަރުގެ ތަހުގީގު އަވަސްކޮށް އިންސާފު ހޯދައިދިނުމަށް މޭޔަރު ގޮވާލައްވައިފި
މަހުމޫދުގެ މަރުގެ ތަހުގީގު އަވަސްކޮށް އިންސާފު ހޯދައިދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. މުއިއްޒު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ، އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ މަހުމޫދު އަބޫބަކުރުގެ މަރުގެ ތަހުގީގު އަވަސްކޮށް އެ މަރުހޫމްގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. މަހުމޫދު އަބޫބަކުރު މަރާލުމަށްފަހު އެއްލާލާފައި އޮތްވާ ފެނުނީ ބުރާސްފަތި ދުވަހުއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް އެރަށުގައި ހުންނަ ފަޅު ގެއެއްގެ ވަޅު…