ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ނޮޅިވަރަމްފަރު ސުކޫލްގައި ރީޑިން ޕާރކެއް
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނޮޅިވަރަންފަރު ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިންގ ޕާކެއް ގާއިމްކޮށްފިއެވެ. މި ރީޑިންގ ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަމްފަރު ޔޫތް ޑިވެލޮޕްމަންޓް ންނެވެ. ބީއެމްއެލްއިން ބުނީ މި ޕްރޮޖެކްޓް ގެ މަގްސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމެވެ. އެތަނުގައި ބެހެއްޓިފައިވާ ފޮތް ހަރުގަނޑުތަކަކީ މޫސުމީ ބަދަލުގެ ސަބަބުން ގެއްލުން ނުވާނެހެން ހެދިފައިވާ ފޮތް ހަރުގަނޑުތަކެކެވެ. އަދި…