މަޖިލިސް އިންތިހާބާއި ދިމާކޮށް ވޯޓަށް ނުފޫޒް ފޯރުވުމާއި، ވޯޓު ގަތުމުގެ ކަންކަން ދަނީ ހިނގަމުން: ޓްރާސްޕޭރެންސީ
ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވައި، ވޯޓު ގަތުމަށް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފި އެވެ. މިދިޔަ ރިޔާސީ އިންތިހާބު ހިމެނޭހެން ކޮންމެ އިންތިހާބަކަށް ވެސް ކުރެވޭ އެންމެ ބޮޑު ތުހުމަތަކީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ވޯޓު ހޯދުމަށް މަސައްކަތް ކުރުމެވެ. އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބާ ދިމާކޮށް ޓްރާންސްޕޭރަންސީން ނެރުނު ރިޕޯޓުގައި ވަނީ ވޯޓުގެ ބޭނުމުގައި ޕްރޮޖެކްޓުތައް އިއުލާނު ކުރުމާއި ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ވަޒީފާއަށް ނެގުން އާންމުވެފައިވާ…