އައްޑޫގައި މާރާމާރީއެއް: 21 އަހަރުގެ ޒުވާނަކަށް ފަރުވާ ދެނީ
އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގައި އަނިޔާވި 21 އަހަރުގެ ފިރިހެނަކަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނީ އައްޑޫ ސިޓީ ހުޅުމީދޫގައި މާރާމާރީ ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ 20:30ހާއިރު ކަމަށެވެ. އެ މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އެ މައްސަލައާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު…