އީދު ބަންދު ނިމެންދެން މަޖިލީހުގެ ޖަލްސާތައްވެސް މެދުކަނޑާލައިފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް އޮތް ޢީދު ބަންދު ނިންމެންދެން މެދުކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ނިންމައިފިއެވެ. އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމެވީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި ގުޅިގެންކަމަށެވެ. އަދި މިހާތަނަށް މަޖިލީހުން އަމަލުކޮށްފައިވާ ގޮތުން ޖަލްސާތައް ބާއްވަމުންދަނީ ސަރުކާރު ރަސްމީ ބަންދު ނޫން ދުވަސްތަކުގައިކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. މީގެއިތުރުން މަޖިލީހުގެ މުވައްޒަފުންގެ މަސައްކަތު ގަޑިވެސް ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑިއާ އެއްގޮތަށް އޮންނައިރު ހޯމަ…