ކޯރަމް ހަމަނުވުމުން ޖަލްސާ ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން ނިންމާލައިފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާކޮށްފައި އޮތީ ހެނދުނު 9:00 ގަ އެވެ. ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ 9:30 ގައި ޖަލްސާ ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް 9:30 ވީއިރުވެސް ކޯރަމް ހަމަވެފައިނުވެ އެވެ. ގާނޫނުއަސާސީ ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް ފަށަން 22 މެންބަރުން ޖަލްސާއަށް ހާޒިރުވެ ތިބެންޖެހެއެވެ.…