ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔާ އަތުން ގެއްލުނު ތަކެތި ހޯދާ، ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފި
ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔާ އަތުން ގެއްލުނު ތަކެތި ހޯދާ، ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ތަރުޖަމާން ޝިފާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައިގެ ތަޙްޤީގަށް ދެ މީހަކު ބަންދަށް ގެނެވިފައި ވާކަމަށެވެ. އަދި ގެއްލިގެން ހުށަހެޅުނު ހުރިހާ ތަކެއްޗެއް ފުވައްމުލަކު ސިޓީ ޕޮޮޮލިސްގެ ފުލުހުން ވަނީ ހޯދާފައިވާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެއްގެ ތަކެތި ވަގަށް ގެންގޮސްގެން އޭނާ ވަނީ އެވާހަކަ ސޯޝަލް މީޑިއާގައި…