އީސީގެ މެމްބަރުކަމަށް ޒަކަރިއްޔާ އައްޔަންކުރަން ފާސްކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ، އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އީސީގެ މެމްބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެއީ އީސީގެ ނައިބު ރައީސްގެ މަގާމުގައި އޭރު ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ އޭނާގެ ބަދަލުގައެވެ. ޒަކަރިއްޔާ އެ މަގާމަށް އައްޔަން ކުރަން ފާސްވީ 39 މެންބަރުންގެ ވޯޓުންނެވެ. އީސީގެ…