ޕޯސްޓް ޕެކޭޖް އެޑްރެސް މައުލޫމާތު އޮޅުނީކަމަށް ބުނެ ސްކޭމްއެއް، ސަމާލުވޭ!
ޕޯސްޓް ޕެކޭޖުގެ ޑެލިވަރީ އެޑްރެސް މައުލޫމާތު ގޯސްވުމުގެ ސަބަބުން ޕެކޭޖް ނުފޮނުވިފައިވާ ކަމަށާއި، މައުލޫމާތު އަލުން ފުރިހަމަކުރުމަށް އެދި ލިންކަކާއެކު ސްކޭމް މެސެޖެއް ފޮނުވަމުންދާތީ، ސަމާލުވާން އެދިއްޖެއެވެ. ފުލުހުން ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ޕެކޭޖެއް ގުދަނަށް އައިސްފައިވާތީ، އެޑްރެސް މައުލޫމާތު ގޯސްވުމުގެ ސަބަބުން ފޮނުވޭނެ ގޮތެއް ނެތްކަމަށާއި، ރަނގަޅު މައުލޫމާތު އަލުން ފުރިހަމަކުރުމުން ޕެކޭޖް ފޮނުވާނެ ކަމަށް ބުނެ ލިންކް ހިމެނޭގޮތަށް ފޮނުވަމުންދަނީ ސައްހަ މެސެޖެއް ނޫން ކަމަށެވެ. ލިންކާއެކު ފޮނުވަމުންދާ މިފަދަ މެސެޖުތަކަށް ސަމާލުވުމަށް ފުލުހުން…