ކުޑަ އީދުގައި ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ހުޅުވަނީ
ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވާޑާން އަންނަ ކުޑަ އީދުގައި އަލުން ހުޅުވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާ މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހަލާކުވެ ވީރާނާވަމުންދިޔަ ފެން އަރުވާ ވަޑާން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް މަރާމާތު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަރާމާތަށްފަހު އެތަން ކުޑަ…