ބާ މުސްހަފުތަކާއި، ދީނީ ފޮތްތައްފަދަ ތަކެއްޗާއި ސިޓީ ކައުންސިލުން މިއަދު ހަވާލުވަނީ
މާލޭގެ ބައެއް ގޭގޭގައި ހުރި ބާ މުސްހަފުތަކާއި، ދީނީ ފޮތްތައް ފަދަ ތަކެތި ނައްތާލުމަށް އެތަކެއްޗާއި، މިއަދުން ފެށިގެން ސިޓީ ކައުންސިލުން ހަވާލުވާން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ނައްތާލަން ބޭނުންވާ މުސްޙަފާއި ދީނީ ލިޔުންތައް ސިޓީ ކައުންސިލާ ހަވާލު ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ދެ ފަހަރު މި ފުރުޞަތު ހުޅުވާލުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު، މިއަދުން ފެށިގެން މެއި މަހުގެ…