"ތިރީހާ ރަންތަރި" މުބާރާތުގެ ނިންމުން ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި
ތިރީހާ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބޭއްވި ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވައިފި އެވެ. މިރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގަ އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފީގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނާއި އަދި މުޅި މުބާރާތު އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވާފަ އެވެ. އެކި…