ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ދެ ގައިޑްލައިން ނެރެފި
ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ދެ ގައިޑްލައިން ހެލްތު މިނިސްޓްރީން މިއަދު ނެރެފިއެވެ. މި ގައިޑްލައިން ނެރެދެއްވީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމާއި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ރެޕްރެޒެންޓޭޓިވް ޕޭޑެން ޕީ އެވެ. ހެލްޓް މިނިސްޓްރީން ބުނީ މި ގައިޑްލައިންގައި، ކުއްލި ހާލަތުގައި ފަރުވާދޭންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ފުރިހަމަ މައުލުމާތު ހިމެނޭނެކަމަށެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ސިއްހީ ޚިދުމަތެރިން އަމަލުކުރާނެ ގޮތުގެ މައުލޫމާތު…