އީސީގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް ބޭފުޅުން ޢައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމަށް މިއަދު ދެ ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ދަފްތަރު ނަންބަރު ރސ 1548، އަލްފާޟިލް މުޙައްމަދު ޒާހިދުއެވެ. އަދި ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ކ.ހުރާ، ރޯޒް، އަލްފާޟިލް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އެވެ. މި ދެ ބޭފުޅުންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން…