ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ކަލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. ޖޫތީގެ. ހަސަން ނަޒީޙް، 32، އެވެ. ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށެވެ. މި އޮޕަރޭޝަނުގައި ނަޒީހް ހައްޔަރުކޮށް، އޭނައާ ގުޅުން ހުރި ކަމަށް ބެލެވޭ…