ކައިވެނި ޢަޤުދުކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ހޯދަނީ
ކޮންޓްރެކްޓް އުޞޫލުން ކައިވެނި ޢަޤުދުކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ހޯދުމަށް ފެމިލީ ކޯޓުން އިޢުލާންކޮށްފިއެވެ. އެ ކޯޓުން އިއްޔެ ކުރި އިޢުލާނުގައި ބުނެފައިވަނީ މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކެތެއް ކަމުގައިވާން ވާނެ ކަމަށެވެ. މިގޮތުން ފެމިލީ ކޯޓަށް 12 މަޢުޛޫނުން ބޭނުންވާ ކަމަށާއި، ކޮންމެ މަޢުޛޫނަކަށް އަޤުދުކޮށްދޭ ކޮންމެ ކައިވެންޏަކަށް 250ރ. ލިބޭނެ ކަމަށްވެސް އިޢުލާންގައި ވެއެވެ. މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި، ވަނަވަރާއި، އައިޑީ ކޮޕީގެ އިތުރުން ޝަރުޢީ…