އަޒީމާ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފި
އިންޑިއާގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ އައު ސަފީރު އައިޝަތު އަޒީމާ، އެކަމަނާގެ މަގާމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ އިންޑިއާގެ ވެރިކަން ކުރާ ނިއުދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު "ރާސްތްރަޕަތީ ބަވަން" ގައި މެންދުރުގެ ވަގުތެއްގައި ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ. ރަސްމިއްޔާތު ނިމުމުން އިންޑިއާގެ ރައީސް ވަނީ ސަފީރު އަޒީމާއަށް މަރުހަބާ ކިޔުއްވައި ހެޔޮއެދުން އަރިސްކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު އަޒީމާ ވަނީ ރައީސް ޑރ. މުހައްމަދު…