އެމްޕީއެލްގެ އެމްޑީ އަކަށް ރިޝްވާން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މުހައްމަދު ރިޝްވާން އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް ރިޝްވާން މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ. ރިޝްވާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު…