ފަނޑިޔާރުންގެ މަހާސިންތާ ފަށައިފި
ފަނޑިޔާރުންގެ މަހާސިންތާ މިއަދު ފަށައިފި އެވެ. ރާއްޖޭގެ ހުރިހާ ކޯޓަކުން ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާ މި މަހާސިންތާ އަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ. މާލޭގައި ކުރިއަށްދާ މަހާސިންތާ މިއަދު ފައްޓަވައި ދެއްވީ އުއްތަމަފަނޑިޔާރު މުހުތަސިމް އަދުނާނެވެ. ފަނޑިޔާރުންގެ މަހާސިންތާ އަކީ ކޮންމެ އަހަރަކުވެސް ގަޟާއީ އަހަރާ ގުޅުވައިގެން ބާއްވާ މަހާސިންތާއެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ފަނޑިޔާރުންގެ މަހާސިންތާގައި ޖުޑިޝަރީގެ ހުރިހާ ފަރާތްތަކުން ބައިވެރިވެ ކަނޑައެޅޭ މައުޟޫތަކަށް މަޝްވަރާ ކުރެ އެވެ.