12 ރަށެއްގެ ބައި-އިލެކްޝަން ކުރިއަށްދަނީ
މިއަހަރުގެ ފުރަތަމަ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް އެބަދެ އެވެ. މި ބައި-އިލެކްޝަންގައި ވޯޓުލުން ފެށީ 8:00ން ފެށިގެންނެވެ. މިއަދު ކުރިއަށްދާ ބައި އިލެކްޝަންގައި 12 ދާއިރާތަކަށް ވޯޓުލުން ކުރިއަށް އެބަދެއެވެ. އޭގެ ތެރޭގައި 2 ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން ހިމެނެއެވެ. ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ.…