ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އުޅޭތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙާމެދު ކަންބޮޑުވުން ފާޅުކޮށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަޞީމް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިނުގަންނަން ނިންމައިފިއެވެ. މި މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަޖިލީހަށް ހުށަހަޅާﷲައިވާ ބިލެއްގައި ހިނގާނެ ބަހުސަކާ ގުޅެ މައުޟޫޢަކަށް އޮތް މައްސަލައަކަށް ވާތީ، މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާތީ،…