ޑްރަގް މައްސަލައެެއްގައި މަރަދޫ މީހަކު ހޯދަނީ
މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް އައްޑޫ މަރަދޫ މީހަކު ފުލުހަށް ހާޒިރުވާން އަންގައި އޭނަގެ ފޮޓޯ އާއި ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ. ތަހުގީގަށް ހާޒިރުވާން އަންގާފައި ވަނީ މަރަދޫ ނިޔަދުރުމާގޭ، އިބްރާހީމް މަގުސޫދު، 47، އެވެ. ފުލުހުންގެ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް އޭނަ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ…