ޕޮލެންޑްގެ އިންތިޚާބީ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕޮލެންޑްގެ އިންތިޚާބީ ރައީސް ކާރޯލް ނަވްރޮޓްސްކީ، އެ ޤައުމުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، "އިންތިޚާބީ ރައީސްގެ އިސްނެންގެވުމުގެ ދަށުން ޕޮލެންޑްގެ ރައްޔިތުން އެދޭ އުސްމިންތަކަށް އެ ޤައުމު ގެންގޮސްދެވޭނޭކަމުގެ ޔަޤީންކަން އެބައޮތް" ކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި އެމަނިކުފާނާ ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އިންތިޚާބީ ރައީސަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން،…