ޓެގު އަޅުވައި އިތުރު ދެމީހަކު ދޫކޮށްލައިފި
އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، އިތުރު ދެ މީހަކު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ. ކްރިމިނަލް ކޯޓުން ބުނީ ދައުލަތުން އެދުނު ޝަރުތުތަކަށް އެއްބަސްވެފައިވާތީ ޓެގު އަޅުވާ100 ދުވަހުގެ މުއްދަތަށް ދޫކޮށްލީ 24 އަހަރުގެ ށ. ނޫމަރާ، ހަވީރީގެ އަބްދުﷲ ފަޞީޙާއި 41 އަހަރުގެ ސ. ހިތަދޫ، ހަދުވަރުމަތީގެ ޙުސައިން އަބްދުލް މަޖީދެވެ. ފަސީޙަކީ ޑައިމޯފިންއާއި ކެނެބިސް ޓްރެފިކްކުރި ކަމަށް ތުހުމަތުވާ މީހެކެވެ. އަދި މަޖީދަކީ ޑައިމޯފިން ޓްރެފިކްކޮށްގެން ބަންދުގައި…