މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ދައުރުގައި ޖުމުލަ 32 ޖަލްސާ ބޭއްވުނު ކަމަށެވެ. އެ ޖަލްސާތަކުގައި 59 ގަޑިއިރު ހޭދަކުރެވުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކޮމިޓީގެ 193 ބައްދަލުވުން…