އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް ޓީޓީ ކުޅޭނެ ސާމާނު ހަދިޔާކޮށްފި
އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ޓޭބަލް ޓެނިސް ކުޅުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ތަކެތި ހަވާލުކޮށް ދެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި ތަކެއްޗާ ހަވާލުވެވަޑައިގަތީ އިސްރަށްވެހިންގެ ނާދީ ހިންގަމުން އަންނަ ސޯޝަލް އެންޑް ފެމިލީ މިނިސްޓަރ ޑރ. އައިޝަތު ޝިހާމެވެ. އިސްރަށްވެހިންގެ ނާދީގައި މި ކުޅިވަރު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓޭބަލް ޓެނިސް އެކަޑެމީގެ އެހީތެރިކަމާ…