އަންހެނުންގެ 100 މިލިއަން ރުފިޔާގެ ލޯނަށް ހުޅުވާލަނީ
އަންހެނުން ބާރުވެރިކުރުވައި ކުރިއެރުވުމުގެ ބޭނުމުގައި، އެމީހުންނަށް ހާއްސަކޮށްގެން ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯން ސްކީމަށް ކުރިމަތިލުމުގެ ދެވަނަ ފިޔަވަހި މިމަހު 15ގައި ހުޅުވާލާނެ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)އިން ބުނެފި އެވެ. އެސްޑީއެފްސީން ބުނީ، "ފަށާ މަދަދު" ލޯން ސްކީމްގެ 25 ޕަސެންޓް ހާއްސަކޮށްފައި ވަނީ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ. ފަށާ މަދަދު ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވަނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން…