ކަރަންޓު ކެނޑުމުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
މާލެ ސަރަހައްދުން އިއްޔެ ކަރަންޓު ކެނޑުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުން އިއްޔެ އެއްކޮށް ކަރަންޓު ކެނޑުމުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިވެ ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ހޮސްޕިޓަލްތަކުގެ ހިންގުން ހުއްޓޭ ހިސާބަށް ދިޔަ ކަމަށެވެ.…