ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައީޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހއ. ހޯރަފުށީގައި ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން ޑީއެންއާރުން ބުނީ އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގައި މިއަދު ފަށާފައިވާ ކަމަށާއި، މިއާއެކު ރާއްޖޭގެ 23 ރަށެއްގައި މިހާރު މި ޚިދުމަތް ޤާއިމްކުރެވިފައިވާ ކަމަށެވެ. ޑީއެންއާރުން ބުނީ އެ އިދާރާއިން އަމާޒުކުރަނީ މި އަހަރުގެ ނިޔަލަށް…