އޮސްޓްރޭލިއާއިން ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި ހައިޑްރޮގްރަފީ ސާމާނު ހަދިޔާކުރަނީ
އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި ހައިޑްރޮގްރަފީ ހެދުމަށް ބޭނުންވާ ސާމާނު ހަދިޔާކުރަން ނިންމައިފި އެވެ. މިކަން އިއުލާނުކުރީ އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އަދި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ނެރުއްވި ޖޮއިންޓް ނޫސް ބަޔާނެއްގައި އެވެ. ރިޗާޑް މިހާރު ހުންނެވީ ރަސްމީ ދަތުރެއްގައި މާލޭގަ އެވެ. ދެ ގައުމުގެ ޑިފެންސުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޮސްޓްރޭލިއާއިން ފަރުމާކޮށް އެ ގައުމުގައި ބަންނަ ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު،…