ނަޝީދު އާއި އީވާ އެމްޑީޕީއާ އަލުން ގުޅެން ނިންމަވައިފި
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އެމްޑީޕީއާ އަލުން ގުޅެން ނިންމައިފި އެވެ. ނަޝީދު އާއި އީވާ އެމްޑީޕީއާ ގުޅެން ނިންމީ ދާދި ދެންމެއަކު ބޭއްވި ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ގަރާރެއް ފާސްކުރުމަށްފަހު އެވެ. ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި އޮތީ އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ. ޑިމޮކްރެޓްސްއިން މިއަދު ވަނީ ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް ބާއްވައިފައެވެ.…