އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެފައިވާ މައްސަލައެއް ތަހުގީގުކުރަނީ
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަށް ގެންދިޔަ މީހަކު މަރުވެފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ އިއްޔެ ހެނދުނު 6:00 ހާއިރު އޭއީއެޗްއަށް ގެންދިޔަ މީހަކު މަރެވެފައިވާ މައްސަލައެއް އެދުވަހުގެ ހެނދުނު 8:28 ހާއިރު ފުލުހުންނަށް އެ ހޮސްޕިޓަލުގެ ފަރާތުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.