ރައީސް ނަޝީދުގެ ކެނޑިޑޭޓުންނާއި ދެކޮޅަށް އަލީ ޒާހިރުގެ ކެމްޕެއިނެއް
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެކި މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި، ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްދަވައިގެން ނިކުންނަވާ ކެނޑިޑޭޓުންނާއި ދެކޮޅަށް ކެމްޕެއިން ކުރައްވަމުން ދާކަމުގެ ތުހުމަތު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މައްޗަށް ކޮށްފި އެވެ.