ބޮން ގޮއްވާނެކަމަށް ބުނުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން އެމްޑީޕީން ގޮވާލައިފި
ރާއްޖޭގައި ބޮމެއް ގޮއްވާލައި ސުންނާފަތިކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލަ ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ގޮވާލައިފި އެވެ.