ރައީސް ސޯލިހު ވަގު ފައިސާ ނެންގެވި މައްސަލަ މަޖިލީހުން ބަލައެއް ނުގަތް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާ ނެންގެވިކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މި ސަރުކާރުގެ އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން އެކަން ތަހުގީގުކުރެއްވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.