ލާދީނީ ނުގޮވޭ ބިލު ހުށަހެޅީ ޖޭޕީއާ އަދާލަތުގެ މަޝްވަރާއާއެކު: ދޮންބިލެއް
ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރުކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްއާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް ބިލެއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެ އެވެ.