ފުރާވަރަށް އަރާ އަންހެން ކުދިން ރަނގަޅު ކާނާ ކެއުން މުހިންމު: ފަޒްނާ
ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ނުވަތަ ނުކެއުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ގުޅިފައިވަނީ ފުރާވަރަށް އަރާ އަންހެން ކުދިންގެ ނިއުޓްރިޝަންއާކަމަށް ތަޖުރިބާކާރުން ވިދާޅުވާ ކަމަށާއި އެހެންކަމުން އެކުދިން ރަނގަޅު ކާނާ ކެއުން މުހިންމުކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.