މަހުލޫފުގެ މައްސަލަ އަވަހަށް ނިންމަން އެދެން، ސަރުކާރުން އެކަމާ ނުބެހޭނެ: މަބުރޫކު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި އަވަހަށް ގޮތެއް ނިންމަން ސަރުކާރުން އެދޭކަމަށާއި އެހެންނަމަވެސް އެކަމާއި ނުބެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.