މަދަނީ އިޖުރާއަތުގެ ބިލާއި ހެއްކާބެހޭ ބިލް އަވަސްކުރަންޖެހޭ: ނަޝީދު
މަދަނީ އިޖުރާއަތުގެ ބިލާއި ހެއްކާބެހޭ ބިލް އަވަސްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މި ބިލްތައް އަވަސް ކުރަންޖެހޭ މައިގަނޑު ސަބަބަކީ ވިޔަފާރީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް އެކަމަށް ފަސޭހައިން ފުރުސަތުތައް ފަހި ކުރުމަށް ކަމަށެވެ. އަދި މީގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި މިހާރު ދިރާސާ ކުރަމުންދާ ބިލުތަކުގެ މަސައްކަތް ނުނިމި ލަސްވަމުން ގޮސް…