އާއްމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ދެވަނަ ޑޯޒް ޖަހަން ފަށައިފި
އާއްމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައިވާ ގޮތުން މިއަދުން ފެށިގެން ޓޯކަން ނަމްބަރު ދޫކޮށްގެން މާލެ ސަރަހައްދުގެ ހަތަރު ސެންޓަރަކުން ވަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ފެބްރުއަރީ އެކަކުން ފަނަރަ މާރޗްގެ ނިޔަލަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ކިއުބީ ނަމްބަރު ދޫކޮށްގެން ދެވަނަ ޑޯޒް ޖަހަން ވަނީ ހުޅުވާލާފައެވެ. ޓޯކަން ނަމްބަރު އޮންލައިންކޮށް ދޫކުރާއިރު ސޯސަލް ސެންޓަރުން…