މޮނިޓަރިންގައި ނެތް ރަށްތަކުން ދަތުރު ކުރުމަށް ހުއްދަދީފި
މޮނިޓަރިންގައި ނެތް ރަށްތަކުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދީފިއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ވިދާޅުވީ ފިޔަވަޅުތަކަށް ލުއި ދެމުންދަނީ ރައްކާތެރިކަމަށް ބެލުމަށްފަހު އާއްމުންނަށް ދިމާވަމުންދާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ފެތުރެމުން ދާން ފެށުމުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީ…