މ މަޑުއްވަރީއަށް ރައްކާތެރި ބަނދަރެއް ބޭނުންވޭ: ކައުންސިލް
ރައްޔިތުން ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާކަމެއްގެ ގޮތުގައި ފާހަގަކުރީ، ރަށުގައި އެކަށީގެންވާ ރައްކާތެރި ބަނދަރެއް ނެތުމުގެ ދަތިކަން ކަމަށް މަޑުއްވަރީ ކައުންސިލުން ރައީސް އަށް ދަންނަވައިފިއެވެ. މިއަދު މުލަކަތޮޅު މަޑުއްވަރީ ކައުންސިލާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީގެ މުހިންމުކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކައުންސިލުން ވަނީ ބަނދަރާގުޅިގެން ރަށަށް ބިން އިތުރުކުރުމާއި ގިރަމުންދާ ސަރަހައްދުތައް ހިމާޔަތްކުރުމާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި ރަށުގެ އިޙްތިޞާސް ކަނޑައަޅާފައިވާ ގޮތަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އަދި ކައުންސިލުގެ އިންސާނީ ވަޞީލަތުގެ ދަތިކަންފަދަ ރަށާއި ރައްޔިތުންގެ…